ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރައްޔިތު މީހާގެ ސިޓީއެއް ދިވެހި ބޭންކަށް
ރިޕޯޓް

ރައްޔިތު މީހާގެ ސިޓީއެއް ދިވެހި ބޭންކަށް

މމުހައްމަދު އަލީ15 ސެޕްޓެމްބަރު 2024
ބޭންކު އޮފް މޯލްޑިވްސްގެ ސީއީއޯއަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ތިޔަ ބޭންކުން އަޅުގަނޑުމެންނަށް ދެއްވަމުން ގެންދަވާ ހިދުމަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އަދި އެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް އަވަސްކުރައްވަން އަޅުއްވާ ރަނގަޅު ފިޔަވަޅުތައް ވެސް އުފަލާއެކު ބަލައިގަންނަމެވެ. އެހެންނަމަވެސް މިދުވަސްވަރަކީ ބޭންކާމެދު އިތުބާރުގެ މައްސަލަތައް އުފެދިފައިވާ ނާޒުކު ދުވަސްވަރެކެވެ. އެޓީއެމްއިން ފައިސާ ނަގަންދިޔަސް އިތުބާރުގެ މައްސަލައެވެ. އެޕް ބޭނުންކުރިޔަސް މިމައްސަލައެވެ. އެންމެފަހުން މިއަދު ދިމާވި މައްސަލައެކެވެ. ގާކޮށީގައި ބަހައްޓާފައިވާ އެޓީމްއަށް ފައިސާނަގަން ދިޔައީމެވެ. އެތާގައި ހަތަރު މެޝިން ހުއްޓެވެ. އެހެނަސް މަސައްކަތް ކުރަމުންދިޔައީ އެންމެ މެޝިނެކެވެ. ދެވަނަ މެޝިނަކުން ހިދުމަތް ލިބޭކަމަށް ބުނުމުން ކާޑުޖަހައި ފައިސާ ނަގަން އުޅުނީމެވެ. ފައިސާ ނެގުނުކަމުގެ އެސްއެމްއެސް ލިބުނެވެ. ފައިސާއެއް ނައެވެ. އެތާގައި ތިބި އެހެން މީހުންނަށް ވެސް މިމައްސަލަ ދިމާވިއެވެ. ބޮޑު އަދަދެއް ނަގަން އުޅުނު މީހަކަށް ވެސް މިހެންވިއެވެ. އޭނާހުރީ ވަރަށް ހާސްވެފައެވެ. ބޭންކަށް ގުޅަގުޅައެވެ. އެޕްމެދުވެރިކޮށްގެން ވެސް މުއާމަލާތް ކުރަމުންދިޔައެވެ. ހަމަގައިމުވެސް އިރުއޮއްސި ރޭގަނޑުވެގެންދިޔައިރުވެސް މައްސަލައެއް ހައްލެއް ނުވެއެވެ. ދިމާވި މައްސަލައަކާއި ދިމާވާން މެދުވެރިވި ސަބަބެއް އެނގިވަޑައިގަންނަވާނީ ބޭންކަށެވެ. އަޅުގަނޑުމެން ކަސްޓަމަރުންނަށް އެނގެނީ މިފަދަ މައްސަލަތައް ދިމާވާ ކަމެވެ. ފައިސާ ނުނެގުމުން ކަންބޮޑުވެއެވެ. ވަގުތު ބޭކާރުވީމާ އެހެން ކަންކަމަށް ހުރަސް އެޅެއެވެ. ޓެކްނޮލޮޖީ ބޭނުންކުރާއިރު މިފަދަ މައްސަލަތައް ދިމާވެދާނޭ ކަމަށް ބޭންކުން ވިދާޅުވެއެވެ. ތިޔަވިދާޅުވާ ޓެކްނޮލޮޖީއަކީ ކޯއްޗެއްކަމެއް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ. އިރުއިރުކޮޅާ ވަގުތީގޮތުން ހިދުމަތް މެދުކެނޑިފައޭ ކިޔާފައި ސްކްރީނުން ފެނުމަކީ ބަލައިގަނެވޭނޭ ކަމެއްތޯއެވެ؟ ކިޔާތީ އަޑުއިވެނީ އެހެންވަނީ މެޝިނުން ފައިސާ ހުސްވީމައެވެ. އޭގެ ވެސް ތެދެއްދޮގެއް ނޭނގެއެވެ. އެނގެނީ ވަގުތީ ގޮތުންވިޔަސް ހިދުމަތް މެދުކެނޑިފައިވާކަމެވެ. އެހެންވީމާ މިމައްސަލަ ދިމާނުވާނޭގޮތަކީ ކޮބައިތޯއެވެ؟ ހައްލަކީ ކޮބައިތޯއެވެ؟ މިފަދަ ހާލަތުގައި ބޭންކުން ކަސްޓަމަރުންނާ ހަމައަށް ވާސިލްވުން އަވަސް ނުކުރެވޭނޭތޯއެވެ؟ އިއްޒަތްރި ސީއީއޯ އެވެ. އަޅުގަނޑުމެން ލައްވައި ތިޔަކިޔުއްވަނީ ދިވެހީންގެ ބޭންކެވެ. ދިވެހީންނަށް ވީތީއެވެ. އެހެންވީމާ ދިވެހީން މި މުސީބާތުން ސަލާމަތް ކޮށްދެއްވާށެވެ. ހިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވަން ހައްދަވައިގެން ދަށަށްދިޔައީމާ މިޖެހުނީ ކޮންތާކުތޯއެވެ؟ ދިިވެހީީންގެ ބޭންކުން ދިވެހީންނާމެދު މިހެން ކަންތައް ކުރައްވަނީ އަޅުގަނޑުމެން އޯކޭ ބޯޑުު އަޅުވައިގެން ތިބޭތީތޯއެެވެ؟ އެންމެ ފަހު ސުވާލެވެ. ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކަށް މި މައްސަލަ ދިމާނުވަނީ ކީއްވެގެންތޯއެވެ؟ އެ ބޭންކުތަކުގެ އިލެކްޓްރޯނިކް ޚިދުމަތަށް މިހެން ދިމާނުވަނީ ކީއްވެގެންތޯއެވެ؟ އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ. ދިވެހި ރައްޔިތު މީހާ

ގުޅުންހުރި ޚަބަރު