ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ދަރިވަރުން ކޭމްޕްކުރާ ސަރަޙައްދު ހުޅުއްވައިދެއްވައިފި
ޚަބަރު

ދަރިވަރުން ކޭމްޕްކުރާ ސަރަޙައްދު ހުޅުއްވައިދެއްވައިފި

މމުހައްމަދު އަލީ11 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަޙައްދު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްޤީކުރި މި ސަރަޙައްދަކީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ކެޑޭޓާއި ގައިޑް އަދި ސްކައުޓް ދަރިވަރުން ކޭމްޕް ދާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވެފައިވާތީ، އެ ދަރިވަރުން ކޭމްޕްކޮށް އެކި ހަރަކާތްތައް ހިންގަން ބޭނުންކުރުމަށް ތައްޔާރުކުރި ސަރަޙައްދެކެވެ. މި ކޭމްޕް ސަރަހައްދަކީ ކޭމްޕް ކުރުމުގެ އިތުރުން ދަރިވަރުން ކިޔަވާ އެކި މާއްދާތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވެސް ބޭނުންކުރާނެ ތަނެކެވެ. ކޭމްޕް ކުރާ ސަރަޙައްދު ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސަރަހައްދު ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ބަޒީރުންނާއި ކެޑޭޓާއި ގައިޑް އަދި ސްކައުޓް އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ޚަބަރު