ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ނޫމަރާއިން ރައީސް އަރިހު އެތައް ކަމަކަށް އެދެފި
ޚަބަރު

ނޫމަރާއިން ރައީސް އަރިހު އެތައް ކަމަކަށް އެދެފި

މމުހައްމަދު އަލީ13 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. ނޫމަރާ އަށް މިއަދު ވަޑައިގެންނެވުމުން އެރަށު ކައުންސިލުން ތަރައްގީގެ އެތައްކަމެއް ކޮށްދެއްވުމަށް ރައީސަށް ދަންނަވައިފިއިއެވެ. މިކަންކަން ރައީސަށް ދެންނެވީ ރައީސް ޑރ. މުއިއްޒު އެރަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ  އެއްކޮށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ. ނޫމަރާ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، މޫދަށް އެރޭނެ ސަރަހައްދަކާއި އޮޑިއެހެލައި، މަރާމާތު ކުރެވޭނެ ތަނެއްގެ އިތުރުން ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެދި ރައީސަށް ދަންނަވައިފައެވެ. މީގެ އިތުރުން، އާރު.ޓީއެލް ދަތުރުގެ ރޫޓު ބަދަލުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ކަންކަމުގެ ތެރޭގައި ސްކޫލަށް ލައިބްރަރީއަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރަށުގެ ޞިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގންފައެވެ. މިކަންކަމާބެހޭ ގޮތުން ރައީސް ވިދާޅުވީ އެ ކަންކަން ބައްލަވައިދެއްވާނނޭ ކަމަށެވެ. ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ޚަބަރު