ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ކުރިއަށްއޮތީ ވިއްސާރަ، މޫސުމަށް ސަމާލުވޭ: އެމްއެންޑީއެފް
ޚަބަރު

ކުރިއަށްއޮތީ ވިއްސާރަ، މޫސުމަށް ސަމާލުވޭ: އެމްއެންޑީއެފް

މމުހައްމަދު އަލީ14 އޮކްޓޯބަރު 2025
ކުރިއަށް އޮތް ފަސް ދުވަހަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނޭ ކަމަށް މުސުމާބެހޭ އޮފީހުން ވިދާޅުވުމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ. މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ފަސްދުވަހު މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނޭ ކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަމެވެ. ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ.

ގުޅުންހުރި ޚަބަރު