ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ލޭންޑިންކްރާފްޓެއް ބަންޑުޖަހާލައި އެކަކު މަރުވެއްޖެ
ޚަބަރު

ލޭންޑިންކްރާފްޓެއް ބަންޑުޖަހާލައި އެކަކު މަރުވެއްޖެ

މމުހައްމަދު އަލީ16 އޮކްޓޯބަރު 2025
މާލެއިން ފުރައިގެން އެރިޔަދުއަށް ދަތުރު ކުރަމުންދިޔަ ލޭންޑިންކްރާފްޓެއް ބަންޑުން ޖަހާލައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ އުޅަނދުން މިހާތަނަށް ވަނީ ހަތަރު މީހަކު ސަލާމަތް ކޮށްފައި ކަމަށެވެ. އެއިން ހަތް މީހަކު ދަތުރު ކުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. ގެއްލުނު ތިން މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާރުވަނީ ކަނޑުގެ އަޑިން ނަގައިފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެއިން ދަތުރުކުރި މީހުންގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލުމުން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ އެ އުޅަނދުކައިރީގައި ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ޚަބަރު