ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިސްލާހުތަކުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި
ޚަބަރު

އިސްލާހުތަކުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި

މމުހައްމަދު އަލީ16 އޮކްޓޯބަރު 2025
ޢާއިލާއާބެހޭ ޤާނޫނު ގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު އިސްލާހްކުރުމުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފިއެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ވިދާޅުވެފައިވަނީ މީގެ މައިގަނޑު މަޤްސަދަކީ ތަޖުރިބާކާރުންނާއި މަސްޢޫލުވެރި އިދާރާތަކުގެ ޚިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިސްލާހުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަ ކުރުން ކަމަށެވެ. މި ބައްދަލުވުމުގައި ވަނީ ޢާއިލާއާބެހޭ ގަވާއިދު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު ގަވާއިދަށް ގެންނަށް ފެންނަ މުހިއްމު އިޞްލާޙުތަކެއް ދެނެގަނެވި، އެކަންކަން ބަދަލުކުރުމަށް އިޖުރާޢީ ގޮތެއްގައި ޢަމަލުކުރާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު