ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހުޅުމާލޭގައި ހަލާކުވެފައިވާ ހަތްސަތޭކައަށްވުރެ ގިނަ އުޅަނދު
ޚަބަރު

ހުޅުމާލޭގައި ހަލާކުވެފައިވާ ހަތްސަތޭކައަށްވުރެ ގިނަ އުޅަނދު

މމުހައްމަދު އަލީ16 އޮކްޓޯބަރު 2025
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކޮށްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި އޮކްޓޫބަރު މަހުގެ ސާދަވަނަ ދުވަހު ހުޅުމާލޭ ފުލުހުންނެވެ. މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭނެވެ. މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު