ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ކަނޑޫ ދަނޑުވެރިންނާ ވަޒީރު ބައްދަލު ކުރައްވައިފި
ޚަބަރު

ކަނޑޫ ދަނޑުވެރިންނާ ވަޒީރު ބައްދަލު ކުރައްވައިފި

މމުހައްމަދު އަލީ13 އޮކްޓޯބަރު 2025
ދަނޑުވެރިކަމަށް މަޝްހޫރު ކޮޅުމަޑުލު ކަނޑޫދޫ ދަނޑުވެރިންނާ ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައްދަލު ކުރައްވައިފިއެވެ. އެކަމަނާ އެރަށަށް ވަޑައިގެން ބޭއްވި މި ބައްދަލުވުމުގައި، އެރަށުގެ ދަނޑުވެރިންގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ. ކަނޑޫދޫ އަކީ މިރުހުގެ ވިޔަފާރީގައި ޚާއްސަ ރަށެކެވެ. އެހެން ކަމުން ކަނޑޫދޫ މިރުސް ހެއްދުމުގައި ރަނގަޅު ގޮތްތައް ދަސްކުރުމަށް ބޭނުންވާތަމްރީންތައް، އެރަށުގެ ދަނޑުވެރިންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ. އަދި އެރަށުގެ ދަނޑުވެރިންނަށް އެކަށީގެންވާ ހެޔޮ އަގު ލިބޭނެ ރަނގަޅު މާކެޓެއް ހޯދުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.  

ގުޅުންހުރި ޚަބަރު