ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި
ޚަބަރު

މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

މމުހައްމަދު އަލީ19 އޮކްޓޯބަރު 2025
ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިފިއެވެ. ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ޑީސީޕީ ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުގެ އިތުރުން މިލަންދޫ ކައުންސިލްގެ ރައީސްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ. ޒަމާނީ ފެންވަރަށް ތައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެއެވެ. މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
  • ޚަބަރާއި ފޮޓޯ: އިސްލާމިކް މިނިސްޓްރީ
 

ގުޅުންހުރި ޚަބަރު