ދިވެހި|English 24 އޮގަސްޓު 2026 · 07:33
Top banner
Advertisement
ސައިކަލެއް ފޭރުނު މީހަކު ބަންދުކޮށްފި
ޚަބަރު

ސައިކަލެއް ފޭރުނު މީހަކު ބަންދުކޮށްފި

މމުހައްމަދު އަލީ16 ސެޕްޓެމްބަރު 2024
ސައިކަލެއް ފޭރުނު މައްސަލައެއްގައި މީހަކު ބަންދުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ބަންދުކޮށްފައިވަނީ މ. މާކަނާ، އަހުމަދު ޝައިރަފް އަބްދުއްރަހީމް ކަމަށެވެ. އޭނާ މި ޖަރީމާ ހިންގާފައިވަނީ ސެޕްޓެމްބަރ ސާދުވަނަދުވަހު ފަތިހުގެ ވަގުތެއްގައެވެ. ސައިކަލް ފޭރިގެންފައިވަނީ ގުލާބީ މަގުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ އެކަން ކޮށްފައިވާ ގޮތާބެހޭގޮތުން ފުލުހުން މައުލޫމާތު ދީފައެއް ނުވެއެވެ. އުމުރުން ތިރީސް އަހަރުގެ މި މީހާގެ ބަންދާ މެދުގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުންވަނީ ފަނަރަ ދުވަހަށް ބަންދު ކުރުމަށް ފުލުހުންނަށް އަމަރު ކުރައްވައިފައެވެ. މާލޭގައި ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ފުލުހުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަމާން ވެއްޓެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވަމަކީ ރައީސް ޑރ. މުއިއްޒު އިސްކަން ދެއްވާކަމެކެވެ.

ގުޅުންހުރި ޚަބަރު