ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ރައީސްގެ ޚާއްސަ މަންދޫބު، އޫލޮފް ސްކޫގާ ބައްދަލު ކުރައްވައިފި
ޚަބަރު

ރައީސްގެ ޚާއްސަ މަންދޫބު، އޫލޮފް ސްކޫގާ ބައްދަލު ކުރައްވައިފި

ހިރި ނިއުސްހިރި ނިއުސް23 އޮކްޓޯބަރު 2025
ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސް (އީ.އީ.އޭ.އެސް)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް، އޫލޮފް ސްކޫގާ، ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގް 2025ގެ ހަވާސަގައެވެ. މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ހެޔޮވެރިކަމާއި، ޑިމޮކްރަސީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި ގަވަނަންސްއާއި ސަލާމަތީ ގޮތުން އެއްބާރުލުންދިނުން ފަދަ ދާއިރާތަކުން، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)އިން ދިވެހިރާއްޖެއަށް ދާއިމީ ގޮތެއްގައި ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި އެ އިއްތިޙާދަށް ޝުކުރުއަދާކުރެއްވިއެވެ. މިސްޓަރ ސްކޫގް ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، އެކަމުގެ ސަބަބުން އީ.ޔޫއަށް ފޯރާނެ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި، ގިނަ ޤައުމުތައް ހިއްސާވާ ޕްލެޓްފޯމްތަކުގައިގުޅުން ބަދަހިކުރެވޭނެ އިތުރު ފުރުޞަތުތަކެއް ހޯއްދެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުންވެސް ވަނީ ބައިނަލްޤްވާމީ ދާއިރާތަކުން ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދިނުމާއެކު ދިވެހިރާއްޖެއާއި އީޔޫއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު