ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ރައީސުލްޖުމްހޫރިއްޔާ، މަސްޖިދުއްދަޢުވާގެ ބިންގާ އަޅުއްވައިދެއްވައިފި
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، މަސްޖިދުއްދަޢުވާގެ ބިންގާ އަޅުއްވައިދެއްވައިފި

ހިރި ނިއުސްހިރި ނިއުސް1 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިމިސްކިތުގައި އެއްފަހަރާ 1250 މިހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، 3 ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެއެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަޞީލަތްތަކާވެސް އެކުގައެވެ. މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓަށް ފަންޑުކުރައްވަނީ، މުޙަންމަދު ޢާދިލް، ނިޒާރު އަޙްމަދު، ޒީބާ ސަޢީދު އަދި ރަޙްމަތުﷲ އެވެ. =ޚަބަރާއި ފޮޓޯ ރައީސްއޮފީސް

ގުޅުންހުރި ޚަބަރު