ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯ ތައްޔާރު ވެއްޖެ
ޚަބަރު

ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯ ތައްޔާރު ވެއްޖެ

މމުހައްމަދު އަލީ17 ސެޕްޓެމްބަރު 2024
ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ ނަވާރަ ވަނަދުވަހުއެވެ. އެސްޓީއޯއިން ވިދާޅުވީ މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރުވަނީ ނިމިފައި ކަމަށެވެ. އެކުންފުނީން ވިދާޅުވެފައިވަނީ ބަންކަރިންގެ ޚިދުމަތުގެ އިތުރުން އެހެނިހެން ހިދުމަތްތައް ވެސް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެއެވެ. "މިހާރުވެސް ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތަށް އެދި ބުކިންގތައް ލިބެމުންދާކަން އެސްޓީއޯއިން ފާހަގަކުރަން. އަދި މިއާއެކު މި ޚިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަޤީންކަން އެސްޓީއޯއަށް އެބައޮތް،" އެކުންފުނީން ވިދާޅުވެފައިވެއެވެ. އިންޑިއަން ސަބް ކޮންޓިނެންޓް ސަރަހައްދުގައި އާންމު ގޮތެއްގައި ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ކޮލަމްބޯއާއި އިންޑިއާގެ ބަނދަރުތަކުންނެވެ. ބަންކަރިންގެ ޚިދުމަތް އެސްޓީއޯއިން އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ރާވާފައިވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއަރ" އަށް ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ. މިއީ އުޅަދުގެ ޝެޑިއުލްޑް ބަންކަރިންއެކެވެ. މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކަރ ކުރަމުން އައީ ކޮލަންބޯއިންނެވެ. ސަބަބެއްކަމަށް އެސްޓީއޯއިން ވިދާޅުވެފައިވަނީ މީގެކުރިން ލޯ ސަލްފާ ފިއުލް އޮއިލް ލިބެން ނުހުރުމެވެ. "ވައިސީ ބެރިއަރ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދުގައި 11،000 ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެއްވެސް މެއެވެ.  

ގުޅުންހުރި ޚަބަރު