ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ވަގަށްނަގާފައިވާ ސިގިރެޓު ނުފެނިގެން ފުލުހުން އަތްފުނާ އަޅަނީ
ޚަބަރު

ވަގަށްނަގާފައިވާ ސިގިރެޓު ނުފެނިގެން ފުލުހުން އަތްފުނާ އަޅަނީ

މމުހައްމަދު އަލީ5 ނޮވެމްބަރު 2025
މިއަހަރު އެޕްރީލް ސައްބީސް ވަނަ ދުވަހު ކަސްޓަމުން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރު ސިގިރެޓު ހުޅުމާލޭ ކަސްޓަމް ސަރަހައްދުގައި ބަހައްޓާފައި ހުއްޓާ ވަނީ ވަގަށް ނަގައިފައެވެ. ސިގިރެޓު ވަގަށްނެގިކަން ފުލުހަށް ހުށަހަޅާފައވަނީ މިއަހަރު އޮކްޓޯބަރު 9 ވަނަ ދުވަހުއެވެ. މިމައްސަލާގައި މިހާތަނަށް ފުލުހުންވަނީ 19 މީހަކު ފުރުން މަނާކޮށްފައެވެ. އަދި ފަސް އުޅަނދެއް ވަނީ ޗެކުކޮށްފައެވެ. އޭގެ އިތުރުން މާލެއާއި ހުޅުމާލޭގެ އެކާވީސް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައި މިހާތަނަށް ވަނީ ޖުމްލަ 9 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ހަތް މީހެއްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަނެއް ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ވަނީ ނޮވެމްބަރު އެކަކުން ފެށިގެން ސޯޅަ ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. މިކަމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ވައްކަން ރާވައި ހުންގުމުގައި އިސްކޮށް އުޅުނު މީހުންނާއި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ކޮންޓެއިނަރު ވަގަށް ބޭރު ކުރުމުގައި ބޭނުންކުރި ދޯނި ދުއްވަން އެވަގުތު ހުރި ކެޕްޓަނާއި، ވައްކަން ކުރުމުގައި އެކިގޮތްގޮތުން ބައިވެރިވި މީހުން ހިމެނޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައިވަނީ މި ދެ ކޮންޓެއިނަރު ވަގަށްނަގާފައިވަނީ އެއާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރު ކޮށްގެން ކަމަށެވެ. އަސްލު  ދެކޮންޓެއިނަރު ވަގަށް ނެރުމަށްފަހު ހަދާފައިވާ ދެ ކޮއިންޓެއިނަރު ވަނީ އެތާ ބަހައްޓާފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ވައްކަމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ވެސް ވަނީ ބަދަލުކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސިގިރެޓު ހުރި ދެ ކޮންޓެއިނަރު ދޯންޏަށް އަރުވައިގެން ގެންދިޔައީ ތިލަފުށްޓަށެވެ. ސިގިރެޓުތައް ނަގާފައި ވަނީ ހަލާކުކޮށްގެން ކަމަށާއި ކޮންޓެއިނަރު ތަކުގެ ބައިތަކެއް ތިލަފުށީގެ ސައިޓެއްގައި ހުއްޓާ ފުލުހުންނަށް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީހުން ހައްޔަރުކޮށްފައި ވިޔަސް މިހާތަނަށް ސިގިރެޓު ފެނިފައެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު