ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ދެ ކެފޭއަކުން ފަސް ބިދޭސީއަކު ހައްޔަރު ކޮށްފި
ޚަބަރު

ދެ ކެފޭއަކުން ފަސް ބިދޭސީއަކު ހައްޔަރު ކޮށްފި

ހިރި ނިއުސްހިރި ނިއުސް10 ނޮވެމްބަރު 2025
މާލޭގެ ދެ ކެފޭއެއް ބަލައިފާސްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭމުންދިޔަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މިމީހުން ހައްޔަރު ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މި މަހު ހަތްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ވެސް މިހާރު ވަނީ ފަށައިފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އިމިގްރޭޝަނުން ވަނީ ހުޅުމާލެ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތައް ބަލައި ފާސްކޮށްފައެވެ. އެތަނުން ޖުމްލަ 69 ބިދޭސީއަކު ވަނީ ޗެކްކޮށްފައެވެ. އޭގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 14 މީހަކު ދާދި ފަހުން އިމިގްރޭޝަނުން ވަނީ ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ޚަބަރު