ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މި އަހަރު ޚާއްސައިނާމް ލިބިވަޑައިގަންނަވާނީ ތެއްތިރީސް ބޭފުޅަކަށް
ޚަބަރު

މި އަހަރު ޚާއްސައިނާމް ލިބިވަޑައިގަންނަވާނީ ތެއްތިރީސް ބޭފުޅަކަށް

މމުހައްމަދު އަލީ10 ނޮވެމްބަރު 2025
މާދަމާ ބާއްވާ ޖުމްހޫރީދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން ވިދާޅުވެފައިވަނީ މި ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންކަމަށެވެ. މި އިނާމަށް ބޭފުޅުން ހޮއްވެވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މިގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ވެސް މާދަމާގެ ޖަލްސާގައި ދެއްވާނެއެވެ. އެއިނާމް މިއަހަރު ލިބިވަޑައިގަންނަވަނީ 33 ބޭފުޅަކަމަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމު ދެއްވާފައެވެ. މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާ ބާއްވާނީ މާދަމާ ހެނދުނު 8.30 ގައި ސޯޝަލް ސެންޓަރުގައެވެ.  

ގުޅުންހުރި ޚަބަރު