ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމް.ސީ.އެސް ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި
ޚަބަރު

އެމް.ސީ.އެސް ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ހިރި ނިއުސްހިރި ނިއުސް10 ނޮވެމްބަރު 2025
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މިއީ ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ އިމާރާތެކެވެ. މި އިމާރާތް ހުޅުވީ މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިހްސާނާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ހުސައިން ޒަރީރެވެ. އެއަށްފަހު، އެމަނިކުފާނަށް ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ. މި ރަސްމިއްޔާތުގައި ހިމެނިގެން ދިދަބިސީގައި ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި އެމް.ސީ.އެސްގެ ދިދަ ވަނީ ނަގައިފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ މުއައްސަސާގެ އަމިއްލަ ބިމެއްގައި ފުރަތަމަ ފަހަރަށް ހުޅުވި އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އިމާރާތަކީ، 2 ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. އެމް.ސީ.އެސް ހެޑްކުއަރޓަރސްއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ތާރީޚީ ޒިޔާރަތުގައި އެމަނިކުފާނު ވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އައު އިމާރާތް ބައްލަވާލައްވާފައެވެ. 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ 15 ސެކްޝަން އަދި ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރައްވާނެއެވެ.

ގުޅުންހުރި ޚަބަރު