ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެކްސިޑެންޓެއްގައި އަނިޔާވި ދިވެއްސަކަށް ފަރުވާދޭން ފަށައިފި
ޚަބަރު

އެކްސިޑެންޓެއްގައި އަނިޔާވި ދިވެއްސަކަށް ފަރުވާދޭން ފަށައިފި

މމުހައްމަދު އަލީ18 ސެޕްޓެމްބަރު 2024
ހުޅުމާލޭ ފޭސް ދޭއްގައި ޕިކަޕަކާއި ސައިކަލެއްޖެ މީހަކަށް އަނިޔާވެއްޖެއެވެ. މިއަދު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށެވެ. އެއީ ސައިކަލު ދުއްވި މީހާއެވެ. އޭނާއަށް މިހާރުދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ. އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ. އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެސަރަހައްދަށްގޮސް ކަން ހިނގައިދިޔަގޮތް ދަނީ ބަލަމުންނެވެ. މިދުވަސްވަރަކީ އިންތިހާއަށް އެކްސިޑެންޓު އިތުރުވެފައިވާ ދުވަސްވަރެކެވެ. އެހެން ކަމުން ފުލުހުންގެންދަނީ މާލެއާއި ހުޅުމާލޭ މަގުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރު ކޮށްފައެވެ.

ގުޅުންހުރި ޚަބަރު