ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
މިއަހަރުގެ މިހާތަނަށް މާލޭގެ ގިނަ އަދަދެއްގެ ކާނުތައް ސާފުކޮށްފި
ޚަބަރު

މިއަހަރުގެ މިހާތަނަށް މާލޭގެ ގިނަ އަދަދެއްގެ ކާނުތައް ސާފުކޮށްފި

ހިރި ނިއުސްހިރި ނިއުސް13 ނޮވެމްބަރު 2025
މާލޭގެ މަގުތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް މާލޭގެ 199 މަގެއްގެ 29718 ކާނު ސާފުކޮށްފިއެވެ. މާލޭ ސިޓީކައުންސިލުން ވިދާޅުވެފައިވަނީ މިއީ މިއަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން މި ހިނގާ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ސާފު ކުރެވުނު އަދަދު ކަމަށެވެ. ކައުންސިލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި 199 މަގުން މި މުއްދަތުގެ ތެރޭގައި 2145 ޓަނޭޖެގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ވަނީ ނަގައިފައެވެ. މި މުއްދަތުގެ ތެރޭގައި ޑީވޯޓަރ ހޮޅިލައިން އޮތުމުގެ ސަބަބުން 8 މަގެއްގެ ކާނު އަދި ވަނީ މުޅިން ސާފު ވާގޮތް ނުވެފައި ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވވެ. މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި ކާނުތަކަށް ކުނި ނޭޅުމަށް ވެސް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ކާނު ސާފު ނުކުރެވި ހުރި މަގުތަކާއި ގޯޅިތަކުގެ އަދަދަކީ 44 ކަމަށާއި ވިއްސާރަނުވެ މޫސުމް ތަންދޭނަމަ މާލެއިން ކާނު ސާފުކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ތާރީހަކީ އަންނަ ޑިސެންބަރ މަހުގެ 20 ވަނަ ދުވަސް ކަމަށެވެ.

ގުޅުންހުރި ޚަބަރު