ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޑްރަގު ވިޔަފާރި ކުރާމީހުން އަތުލައިގަންނަން ރައީސް އަންގަވައިފި
ޚަބަރު

ޑްރަގު ވިޔަފާރި ކުރާމީހުން އަތުލައިގަންނަން ރައީސް އަންގަވައިފި

މމުހައްމަދު އަލީ13 ނޮވެމްބަރު 2025
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޚާއްސަ ކޮށްގެން މިއަދުން މިއަދަށް އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެކްގަސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި އޮޕަރޭޝަނުގައި އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭނޭ ކަމަށެވެ. މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. މިއީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކުރައްވާ ކަމެކެވެ. "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ހިންގާ މި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ބަލައި ފާސްކޮށް ފައިސާއާއި މަސްތުވާތަކެތު ކަމަށް ބެލެވޭ ބައެއް ތަކެތިވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ގުޅުންހުރި ޚަބަރު