ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޕީއެންސީގެ ޖަލްސާއަށް ހާޒިރުވީ ތޭރަހާހެއް ނޫން
ޚަބަރު

ޕީއެންސީގެ ޖަލްސާއަށް ހާޒިރުވީ ތޭރަހާހެއް ނޫން

އއަހުމަދު މުހައްމަދު15 ނޮވެމްބަރު 2025
ޕީއެންސީން މާލޭގައި ރޭ ބޭއްވި ބޮޑުޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު އެޕާޓީއަށް ވެސް ކަށަވަރު ނުވެއެވެ. އެހެން ނަމަމަވެސް ޑްރޯން ބޭނުންކޮށްގެންނާއި އޭއައި ބޭނުން ކޮށްގެންނާއި މެނުއަލްކޮށް އެއަދަދު ބެލި ބަޔަކުވެސް އެބައުޅެއެވެ. އެފަދަ ފަރާތްތަކުން ބުނެފައިވަނީ އެޖަލްސާއަށް ހާޒިރުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ ތޭރަހާސް ނޫން ކަމަށެވެ. "އަޅުގަނޑުމެންވާނީ ވަރަށް ރަނގަޅަށް އެއަދަދު އެކިފަހަރުމަތީން ބަލާފައި. ޑްރޯން ބޭނުންކޮށްގެންވެސް ބެލީން. ވަކިވަކިން ގުނައިގެންވެސް ބެލީން. އޭއައި މެދުވެރިކޮށްވެސް ބެލީން. އެންމެ މީހުން ގިނަވި ވަގުތު ސާދަހާސް ފަސް ސަތޭކަ މީހުން އެއްވެފައިވޭ،" މީހުންގެ އަދަދު ބެލުމުގައި އުޅުނު މީހަކު ބުންޏެވެ. އެމީހުން ބުނެފައިވާ ގޮތުގައި ރޭގެ ޖަލްސާއަށް ރަށްރަށުން އައިސްފައިވަނީ ނުވަހާސް މީހުން ކަމަށެވެ. ބާކީ ތިބި މީހުންނަކީ މާލެއިން ޖަލްސާގައި ބައިވެރި މީހުންނެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޖަލްސާގައި ތޭރަ ހާސް  މީހުން ބައިވެރިވަމުންދާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. މިއީ މިސަރުކާރަށް ދެއަހަރު ފުރޭތީ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްވަރު އަންގާލަން ބޭއްވި ޖަލްސާއެއް ކަމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު