ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ރޯދަހަދިޔާ: މަސްދަޅު ކޭހާއި، އަދަދު ކަނޑައެޅިފައިވާ ކަރަންޓު ބިލެއް
ޚަބަރު

ރޯދަހަދިޔާ: މަސްދަޅު ކޭހާއި، އަދަދު ކަނޑައެޅިފައިވާ ކަރަންޓު ބިލެއް

އއަހުމަދު މުހައްމަދު15 ނޮވެމްބަރު 2025
އަންނަ ރޯދަމަހު ސަރުކާރުން ރައްޔިތުންނަށް ދެއްވަން ނިންމަވައިފައިވާ ހަދިޔާ ޕެކޭޖު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ. ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެހެން ރާދަމަސްތަކެކޭ އެއްފަދައިން މިއަންނަ ރޯދަމަހުގައި ވެސް ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދެއްވާނޭ ކަމަށެވެ. އޭގެ އިތުރުން ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް ނަގާނީ އެންމެގިނަވެގެން ވެސް 400 ރުފިޔާ ކަމަށް އިއުލާން ކުރެއްވިއެވެ. ބާކީބައި އެއީ ޑިސްކައުންޓު ކަމަށް ރައީސް ވިދާޅުވިއެވެ. "ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް ނަގާނީ އަންނަ ރަމަޟާންމަހު ނަގާނީ ހަތަރުސަތޭކަ ރުފިޔާ އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވުމުން ބައެއް މީހުން ވަނީ ބާކީބައި ދައްކާނީ ކޮންބައެއްތޯ ސުވާލު ކޮށްފައެވެ.  

ގުޅުންހުރި ޚަބަރު