ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އަންހެންކުދިންގެ ދުވަހުގެ ހިނގާލުމުގައި ޗީފްގައިޑު
ޚަބަރު

އަންހެންކުދިންގެ ދުވަހުގެ ހިނގާލުމުގައި ޗީފްގައިޑު

ހިރި ނިއުސްހިރި ނިއުސް16 ނޮވެމްބަރު 2025
ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ. މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ހިނގާލުން ފަށާފައިވަނީ، އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކެރިތިބެ ކަންކަމާ ކުރިމަތިލައި، ކަންކަމުގައި އަޑުއުފުލައި، އެހެންމީހުން ލީޑުކުރުމުގައި ނަމޫނާ ބަޔަކަށްވުމަށް ޢަޒުމު ކަނޑައެޅުމަށް، ދިވެހި އެންމެހައި އަންހެންކުދިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެންމެ އިސް ސަފުގައި ފެންނަ އެއް ބަޔަކީ ގަރލްގައިޑުންކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، ހިނގާލުމުގައި ބައިވެރިވި ދަރިވަރުން މިއަދު އެ ދައްކާ ލީޑަރޝިޕް، ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ދެއްކުމަށް ހިތްވަރުދެއްވައި ވާހަކަފުޅުދައްކަވާފައެވެ. މިއަދު ހަވީރު، އަމީނިއްޔާ ސްކޫލުން ފެށިގެން ޒުވާނުންގެ މަރުކަޒާ ހަމައަށް ކުރިއަށްގެންދިޔަ މި ހިނގާލުމުގައި، ދިވެހިރާއްޖޭގެ ގަރލްގައިޑް ހަރަކާތުގެ އެކި ޢުމުރުފުރާތައް ކަމުގައިވާ ސްޓާ، ލިޓްލް މެއިޑް އަދި ގަރލް ގައިޑްގެ ދަރިވަރުންނާއި، ޔަންގް ލީޑަރުންނާއި ލީޑަރުން އަދި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ އެހާރާއި މިހާރުގެ ކޮމިޝަނަރުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
  • ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު