ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މަހުލޫފް ޕީއެންސީއަށް، އެނބުރި މިއައީ ކުރީގެ ފިކުރަށް: މަހުލޫފް
ޚަބަރު

މަހުލޫފް ޕީއެންސީއަށް، އެނބުރި މިއައީ ކުރީގެ ފިކުރަށް: މަހުލޫފް

މމުހައްމަދު އަލީ15 ނޮވެމްބަރު 2025
އަހުމަދު މަހުލޫފް ޑީއާރުޕީން ފެށި ސިޔާސީ ދަތުރުގައި ޕީއެންސީއަށް ސޮއިކޮށްފިއެވެ. މިއީ އޭނާ ގުޅުނު ހަތަރުވަނަ ޕާޓީއެވެ. މީގެ ކުރިން އޭނާ ވަނީ ޑީއާރުޕީ، ޕީޕީއެމް، އެމްޑީޕިގައި މަސައްކަތް ކޮށްފައެވެ. ޕީއެންސީއަށް ސޮއިކޮށްފައިވަނީ ނޮވެމްބަރު ސާދަވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައެވެ. "ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިމިވީ ފުރަތަމަފަހަރެވެ. އަދި އެނބުރި މިދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށެވެ. ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެނަމެވެ." ޕީއެންސީއަށް ސޮއިކުރުމަށްފަހު ސޯޝަލް މީޑިއާގައި އޭނާ ބުނެފައިވެއެވެ. މަހުލޫފުގެ ސިޔާސީ ދަތުރުފެށީ 2005 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީންނެވެ. "އެޕާޓީތެރޭ ހިޔާލު ތަފާތުވެ އަޅުގަނޑުމެންނަށް ހަރުކަށި ފިޔަވަޅުއަޅާ ވަކިކުރި ހިސާބުން، ރައީސް މައުމޫނާއެކުޕީޕީއެމް އުފެއްދި އެއް ފައުންޑަރ އަކީ އަޅުގަނޑެވެ." އެހެންނަމަވެސް ރައީސް ޔާމީން އާއެކު އުފެދުނު ހިޔާލުތަފާތުމުގެ ތެރެއިން 2014 ވަނަ އަހަރު އެޕާޓީން މަހުލޫފު ވަކިކުރިއެވެ. އެއަށްފަހު އޭރުގެ އިދިކޮޅު އިއްތިހާދާއެކު 4 އަހަރު މަސައްކަތްކުރިއެވެ. އެމްޑީޕީއާ ގުޅުނީ 2018 ވަނައަހަރުއެވެ. "އެޕާޓީގެ މެންބަރުންގެ ލޯބި އަދި ތާއީދު ބޮޑުކޮށްލިބުނެވެ. އަޅުގަނޑު ވާދަކުރުން ހުއްޓުވަން ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް އަދި އަޅުގަނޑު ފަހުން އެމައްސަލަ ކޯޓަށް ވެއްދި ހިސާބުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްލަން ފުރުސަތު ލިބުނެވެ. ވޯޓު ލުމުގެ ހައްގުލިބިފައިވާ މެންބަރުގެ ތެރެއިން އެންމެ މަތީ އަގުލަބިއްޔަތުން އަޅުގަނޑު އިންތިހާބު ކޮށްދިނެވެ. ނަމަވެސް މަތިފަޑީގައި ކަންކަން ހިނގަނީ އެހެނަކުންނޫނެވެ. އަޅުގަނޑު ވަކިވުމުން ވަރަށް އުފާވާނެ ބަޔަކު މަތިފަޑީގައި ތިބޭނެކަން ކަށަވަރެވެ. އެވާހަކަތައް ދައްކާކަށް އަދިނެތީމެވެ." މަހުލޫފު ބުނެފައިވެއެވެ. "އަޅުގަނޑަށް އެކިފަހަރު މަތިން ދައުވަތުދެއްވާ އަދި އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ލީޑަރު ‪ޑރ. މުއިއްޒު އާއި އެންމެހާ މެންބަރުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކޮށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރަމެވެ. އޭނާގެ މިނިންމުމާއެކު ހިތްހަމަ ނުޖެހުނު ފަރާތްތަކުގެ ކިބައިން އޭނާ ވަނީ މައާފަށް އެދިފައެވެ. މަރުހަބާކީ އެންމެނަށް އޭނާ ވަނީ ޝުކު އަދާކޮށްފައެވެ.

ގުޅުންހުރި ޚަބަރު