ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޢާއިލީ ބޯހިޔާވަހިކަމުގެ ދެ ސްކީމް އިއުލާން ކުރައްވައިފި
ޚަބަރު

ޢާއިލީ ބޯހިޔާވަހިކަމުގެ ދެ ސްކީމް އިއުލާން ކުރައްވައިފި

އއިބްރާހީމްް ސަމީރު17 ނޮވެމްބަރު 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެނަށް – ޢާއިލީ ބޯހިޔާވަހިކަން" އިއުލާން ކުރައްވައިފިއެވެ.

ޢާއިލީ ބޯހިޔާވަހިކަމުގެ ދެ ސްކީމް:

އެކެއް:

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ސްކީމް މި ސްކީމްގެ ދަށުން ދެ ކެޓަގަރީއެއް ހިމަނާފައި ވެއެވެ.
ފުރަތަމަ ކެޓަގަރީ:

މާލޭގައި ރަށްވެއްސަކަށް ވުން: އެއީ (1) އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް (2) މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތައް (3) ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް

ދެވަނަ ކެޓަގަރީ:

މާލޭގައި މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ ރަށްވެހިން.

މި ދެކެޓަރީއަށް ކަނޑައަޅާފައިވާ ޝަރުތުތައް: (1) ދިވެހި ރައްޔިތެއް ކަމުގައިވުން (2) 18 އަހަރު ފުރިފައިވުން (3) 400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯއްޗެއް މިލްކުވެފައިނުވުން (4) ހައުސިން ޔުނިޓެއް ގަނެފައިނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ދާފަރާތަކށް ނުވުން (5) ތިމާޔަށް ނުވަތަ ފިރިމީހާ އަށް ނުވަތަ އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަކުން ތަނެއް ލިބިފައި ނެތުން
ފްލެޓަށް އެދި ދެ މޮޑެލަކަށް ހުށަހެޅި ދާނެއެވެ.
ފުރަތަމަ މޮޑެލް: އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްއެވެ. މި މޮޑެލަށް ޝަތުރު ހަމަވާ ކަންކަމުގެ ތެރޭގައި (1) ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށްވުން (2) ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުރުމަށް އެދޭ ފަރާތަކަށް ވުން ދެވަނަ މޮޑެލް: މޮ މޮޑެލްއަކީ، ރެންޓް ޓު އޯން މޮޑެލް އެވެ. މި މޮޑެލްއަށް ކުރިމަތި ލެވޭނީ، 60 ހާހަށްވުރެ މަހު އާމްދަނީ ދަށް ފަރާތްތަކަށެވެ. އަދި ޕޮއިންޓު ލިބޭނީ އަންނަނިވި ކަންކަމަށް ބަލައިެގްނނެވެ. (1) ރަށްވެހިކަން ނުވަތަ މާލޭގައި ދިރިއުޅުނު މުއްދަތު (2) އާއިލާގެ ގޯތި ގެދޮރުިގެ މިލްކުވެރިކަން (3) ޢާއިލާގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ވުން | މައިންބަފައިން ބަލަން ޖެހުން | ދަރީންގެ ޢަދަދު | ސިއްޙީ ސަބަބުތަކާހެދި ދަރީން ނުލިބުން.

ދޭއް:

މާލޭގައި ދިއިރުޅޭ ފަރާތްތަކަށް ދިރިއުޅުމަށް ގޯތި ދޫކުރުމުގެ ސްކީމް: މި ސްކީމްގެ ދަށުން ދެބަޔަކަށް ގޯތި ދިނުމަށް ހަމަޖެހިފައި ވެއެވެ. މި ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށްވެ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ. (1) މާލޭގެ ރަށްވެހިން: މި ކެޓަގަރީއަށް ގޯތި ދޫކުރާނީ މާލެ ސަރަހައްދުންނާއި ރަސްމާލެ އިންނެވެ. އަދި ރަށްވެހިން 3 ބަޔަނަށް ބަހާފައި ވެއެވެ. (1) މާލޭ ރަޖިސްޓްރީގައި ފެށުނީއްސުރެ ޖެހިފައިވާ ފަރާތްތައް (2) މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް (3) ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް (2) މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިން: މި ކެޓަގަރީއަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ. މި ސްކީމަށް އެދޭ ފަރާތަކީ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ވާން ޖެހެއެވެ. މި ދެ ކެޓަގަރީއަށް ކަނޑައަޅާފައިޥާ 9 ޝަރުތު:
  1. ދިވެހި ރައްޔިތެއް ކަމުގައިވުން
  2. އުމުރުން 18 އަހަރު ފުރިފައިވުން
  3. 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވުން
  4. 400 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ އެ ބިމެއް ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
  5. މައިންބަފައިންގެ ފަރާތުން ވާރުތަވުމަކުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް ލިބެން އޮތްނަމަ ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން
  6. އެއްމެދު ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާނަމަ ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލަން އެއްބަސްވުން
  7. ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަމިއްލަ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސް އެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ވިއްކާ ހިބައިން ދީފައި ނުވުން ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލާފައި ނުވުން
  8. އެއްމެދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ ފަރާތަކަށް ނުވުން
  9. ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތަކަށް ވިއްކައި ނުވަތަ ހިބައިންދީ ނުވަތަ ދޫކޮށްފައި ނުވުން
ޕޮއިންޓު ދިނުމުގައި ބަލާނީ:
  • މާލޭގެ ރަށްވެއްސަކަށްވެ އުޅުނު މުއްދަތު ނުވަތަ މާލޭގައި އުޅުނު މުއްދަތު
  • އާއިލާގެ ގޯތި ގެދޮރުގެ މިލްކުވެރިކަން
  • އުމުރު އަދި އާއިލާގެ ދިރިއުޅުމުގެ ހާލަތު
  • ދަރިންގެ އަދަދު ނުވަތަ ދަރިން ނުލިބުމުގެ ހާލަތު
 
 

ގުޅުންހުރި ޚަބަރު