ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ބޮޑެތި ހޮސްޕިޓަލްތައް އައިޖީއެމްއެޗާ އެއްފެންވަރަށް ގެންނަނީ
ޚަބަރު

ބޮޑެތި ހޮސްޕިޓަލްތައް އައިޖީއެމްއެޗާ އެއްފެންވަރަށް ގެންނަނީ

މމުހައްމަދު އަލީ18 ނޮވެމްބަރު 2025
މިސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް ސިއްޙީ ފަރުވާ އެންމެފުރިހަމައަށް ލިބޭނޭގޮތް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ އަތޮޅުތެރޭގައި ހުރި ބޮޑެތި ހޮސްޕިޓަލްތައް އައި.ޖީ.އެމް.އެޗާ އެއްފެންވަރަށް ތަރައްގީ ކުރުމަށް 2026ގެ ބަޖެޓުގައި ކަނޑައަޅުއްވާފައި ވާނޭ ކަމަށެވެ. އެ ހޮސްޕިޓަލުތައް ތަރައްގީ ކުރެވުމުން ސިއްޙީފަރުވާއަށް ބޭރަށް މީހުން ފޮނުވަން ޖެހޭ ޢަދަދު މަދުވެގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފާއިތުވި ދެއަހަރުގެ ކާމިޔާބީއާ ބެހޭގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުމަށްޓަކައި އެގައުމުތަކާއެކު މަޝްވަރާ ކުރެވިގެން ލޯނުތައް ދެއްކުމަށް ބޮޑެތި ލުއިތަކެއް އެ ޤައުމުތަކުން ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން 2026 ގައި ރާއްޖެއިން ދައްކަން ޖެހޭ ލޯނުތައް ދެއްކުމަށް ދަތިކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު