ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދީނުގެ ހުދޫދުން ބޭރުނުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ޚަބަރު

ދީނުގެ ހުދޫދުން ބޭރުނުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މމުހައްމަދު އަލީ21 ނޮވެމްބަރު 2025
އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން ބޭރުނުވުމަށް ފިލްމުއިސްޑަސްޓްރީގެ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވަފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވެފައިވަނީ "ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،" ކަމަށެވެ. ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ މީހަކު ހުދޫދުން ބޭރުން ހެދުންއަޅައިފައިވާ ފޮޓޯއެއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށްނެވެ. https://twitter.com/MMuizzu/status/1991834738823451086 ރައީސް ވިދާޅުވެފައިވަނީ "އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް. މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ،" ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.

ގުޅުންހުރި ޚަބަރު