ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފި
ޚަބަރު

ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފި

ހިރި ނިއުސްހިރި ނިއުސް23 ނޮވެމްބަރު 2025
މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރެއިން ޕްރައިމަރީ، ދިވެހި އަދި އިސްލާމް މާއްދާ އިން ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު ފަނަރަސަތޭކަ ރުފިޔާ ދޭން ނިންމައިފިއެވެ. އެޑިޔުކޭޝަނުން ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން މިފައިސާ ލިބޭނީ ދިވެހިރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖް ތަކުގައި، ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ކަމަށެވެ. މި ސްޓައިޕެންޑް ދިނުމުގައި ޚާއްޞަކޮށް ޕްރައިމަރީ ގްރޭޑްތަކަށާއި، އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދޭނެ މުދައްރިސުން ލިބުން ދަތި ރަށްރަށުގެ ސްކޫލްތަކުގައި ވަޒީފާ އަދާކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދެއްވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މި ފުރުޞަތަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި:
  • ދިވެހިރާއްޖޭގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުންދާ ފަރާތެއްކަމުގައިވުން.
  • ޕްރައިމަރީ، އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީންވާ ކޯހަކަށްވުން.
  • ކޯހުގެ ކިޔެވުން ފަށާފައިވަނީ 1 ޖެނުއަރީ 2025ގެ ފަހުން ކަމުގައިވުން.
  • އުމުރުން 40 އަހަރަށް ވުރެންދޮށީ މީހަކަށް ނުވުން.
މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް 2 އޮކްޓޫބަރު 2025 ގެ ކުރިން ގޫގުލް ފޯމް ލިންކް (https://forms.gle/tQYCUMX4fWVBNooFA) މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނެއެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3041046 މި ނަންބަރަށެވެ. އީމެއިލް ކުރައްވާ ނަމަ ފޮނުއްވާނީ [email protected] މި މެއިލް އެޑްރެހަށެވެ. މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު މިނިސްޓްރީގައި ގާއިމުކުރެވިފައިވާ "ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)" ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖް ގުޅިގެން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.  

ގުޅުންހުރި ޚަބަރު