ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދެ ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީކޮށްދޭނޭ ބަޔަކު ހޯދަނީ
ޚަބަރު

ދެ ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީކޮށްދޭނޭ ބަޔަކު ހޯދަނީ

މމުހައްމަދު އަލީ23 ނޮވެމްބަރު 2025
ބ. އަތޮޅުގެ ދެރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކުރައްވައިފިއެވެ. އެދެރަށަކީ، ގޮއިދޫއާއި، ހިތާދޫ އެވެ. ގޮއިދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީ އަދަދަކީ 56,000.00ރުފިޔާ ކަމަށް ފިނޭންސުން ވަނީ ވިދާޅުވެފައެވެ. ގޮއިދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީ ޢަދަދަކީ 56,000.00 ރުފިޔާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ބީލަމުގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ.

ގުޅުންހުރި ޚަބަރު