ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިލެކްޓްރީޝަން ކޯހުގެ ސަބަބުން ބޮޑެތި ބަދަލް އަންނާނެ: ސާޖިދާ
ޚަބަރު

އިލެކްޓްރީޝަން ކޯހުގެ ސަބަބުން ބޮޑެތި ބަދަލް އަންނާނެ: ސާޖިދާ

މމުހައްމަދު އަލީ24 ނޮވެމްބަރު 2025
އަންހެނުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ހިންގި "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ގެ ސަބަބުން ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެންވިދާޅުވީ މިކޯސް ފުރިހަމަކުރި އަންހެނުންނަށް ސެޓުފިކެޓު ދެއްވުމަށް ބޭއްވިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. "ފަށާ ފެންވަރުގެ މަޢުލޫމާތާއި މަސައްކަތާއި ހުނަރަށް ޚާއްސަކޮށްގެން މި ކޯސް ފަރުމާކުރެވިފައި އޮތުމަކީ މި ދެންނެވި ފަދަ ބޮޑު ބަދަލަކަށް އުއްމީދު ކުރެވޭ، ތަޞައްވަރު ކުރެވޭ ކަމެއް،" އެކަމަނާ ވިދާޅުވިއެވެ. އަންހެނުންނަށް ޚާއްސަކޮށްގެން ހިންގި މި ކޯހުގެ މައިގަނޑު މަގުޞަދެއް ކަމަށް ކަނޑައެޅިފައިވަނީ، ގޭތެރޭގައި ޙައްލުކުރަންޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރޭން ޙައްލުކުރެވޭނެ މަގު ފަހިކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. "އެންގިވަޑައިގަންނަވާނެ ފަދައިން އިޖުތިމާޢީ، ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާ ބައެއް. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަގީން،" އެކަމަނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު