ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ފަސް ސަތޭކަ ފުލުހުން ނުކުމެ ސަތޭކައަށްވުރެގިނަ މީހުން ހައްޔަރުކޮށްފި
ޚަބަރު

ފަސް ސަތޭކަ ފުލުހުން ނުކުމެ ސަތޭކައަށްވުރެގިނަ މީހުން ހައްޔަރުކޮށްފި

މމުހައްމަދު އަލީ26 ނޮވެމްބަރު 2025
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު"  39 ރަށެއްގައި ހިންގައިފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި އޮޕަރޭޝަނުގައި ޖުމްލަ 105 ތަނެއްވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ. އެތަންތަން ބަލައި ފާސްކޮށް ޖުމްލަ 110މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 29.68 ކިލޯ މަސްތުވާތަކެތި ވެސް ހޯދައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޖުމްލަ 188،959 ރުފިޔާވެސް ވަނީ ފެނިފައެވެ. އެއްގަމާއި ކަނޑުގައި ހިންގި މި އޮޕަރޭޝަނުގައި ކަނޑުގެ އެއް އުޅަނދާއި އެއްގަމު 9 އުޅަނދެއް ބަލައިފާސް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި ހައްޔަރު ކުރި ބައެއް މީހުންވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ބައެއް މީހުންނަށް ވަނީ ބަންދުގެ މުއްދަތު އިތުރުވެސް ކޮށްދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު