ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މާލޭގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަން ފަށައިފި
ޚަބަރު

މާލޭގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަން ފަށައިފި

މމުހައްމަދު އަލީ26 ނޮވެމްބަރު 2025
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މި މަސައްކަތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިންނެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ފެން ހިންދުމަށްޓަކައި މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން މިވަގުތު މަސައްކަތްކުރަމުންދާ ކަމަށެވެ. ފެންބޮޑުވެ މާލޭގެ ބައެއްގެތަކަށް މިހާރުވަނީ ފެން ވަންނަން ފަށައިފައެވެ. އެހެންވެ ފެންހިންދުމުގެ އިތުރަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު