ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިސްމާއީލް ރަފީގަކީ އެންމެ ތަޢުލީމީ ގާބިލް މޭޔަރު: ޑރ. ޖަމީލް
ޚަބަރު

އިސްމާއީލް ރަފީގަކީ އެންމެ ތަޢުލީމީ ގާބިލް މޭޔަރު: ޑރ. ޖަމީލް

މމުހައްމަދު އަލީ26 ނޮވެމްބަރު 2025
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި (ތަޖްރިބާގެ އަލީގައި) މިފަހަރު ބަލަންވާނީ ކަމަށް ގާބިލް، ތަޢުލީމީ އަދި ހުނަރުވެރި ކެންޑިޑޭޓުންނަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. އެގޮތުން އެމަނިކުފާނުގެ ޒާތީ ޚިޔާލުގައި އިސްމާއީލް ރަފީގަކީ މުޅި ރާއްޖޭގައި މިވަގުތު ތިއްބެވި މޭޔަރުންގެ ތެރެއިން މިކަމަށް ކުރިމަތިލައްވާފައިވާ އެންމެ ތަޢުލީމީ އަދި ގާބިލް ބޭފުޅާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. "ޒާތީ ނުވެ އަތޮޅަށާއި ރަށަށް ފައިދާ ހުރިގޮތް ޚިޔާރު ކުރުން ބުއްދިވެރިވާނެ،" ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. މިވަގުތު އެންމެންނަށްވެސް ފެންނަން އޮތް ބޮޑު ޙަގީގަތަކީ ރައްޔިތުންގެ މަޖްލިހުގެ ޙާލަތުކަމަށާއި، ގާނޫނު އަސާސީން ރައްޔިތުންގެ ވަކީލުންގެ ދައުރު ޙަވާލުކޮށްފައި އޮތީ ވަކި ޕާޓީއަކަށް ނިސްބަތް ވީތީ ޕާޓީން ބޭނުންވާ ކޮންމެ ކަމެއް ގާނޫނު އަސާސީއާ ޚިލާފުވިޔަސް ކުރާ ގޮތަކަށް ނޫން ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕާޓީ ބަދަލު ވުމުން އެޕާޓީން ގޮޑިގެއްލުވާލުމާއި، އަތޮޅު ކައުންސިލް އުވާލުމަކީ، ދުސްތޫރީ ފްރޭމްވޯކް މުގުރާލުމުގެ އަމަލްތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "އެހެން އެކަން ކުރެވުނީ ޕީއެންސީގައި ތަޢުލީމް ނެތް ގިނަ މެމްބަރުން ތަކެއް ތިބީމައި، ކަމަށްވެސް ވިދާޅުވެފައިވެއެވެ. އިސްމާއީލް ރަފީގު ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނޭ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު