ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރައީސް އިސްކުރައްވާނީ ރައްޔިތުންގެ ހައްގުތައް: އިހްސާން
ޚަބަރު

ރައީސް އިސްކުރައްވާނީ ރައްޔިތުންގެ ހައްގުތައް: އިހްސާން

ހިރި ނިއުސްހިރި ނިއުސް26 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ ހިސާބު ޖެއްސެވުމުގެ ބަދަލުގައި އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންގެ ޙައްގުތައް ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އިހްސާން ވިދާޅުވީ ރައީސް މުޢިއްޒަކީ ރައްޔިތުންގެ ޙައްގުގައި ނިންމަވަންޖެހޭ ކޮންމެ ނިންމެވުމެއްވެސް ސިޔާސީ ހިސާބަށް ބެއްލެވުމެއްނެތި ނިންމަވާ އިޚްލާސްތެރި ބޭފުޅެއް ކަމަށެވެ. ސަރުކާރަށް ދެ އަހަރުފުރުމުގެ މުނާސަބަތާ ގުޅިގެން ޕީއެސްއެމްގެ "ހަފުތާ 104" އަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީ ދިވެހިންގެ ހައްގުގައި ނިންމަވާ ނިންމުންތަކެއް ކަމަށެވެ. އޭގެ ތެރެއިން ގިނަ ނިންމެވުންތަކަކީ އެއްވެސް ވެރިއަކަށް މިހާތަނަށް ނިންމަވަން ކެރިވަޑައިގެންފައި ނުވާ ނިންމެވުންތަކެއް ކަމަށް ވިދާޅުވިއެވެ. މިސާލަކަށް މިނިސްޓަރ ދެއްކެވީ ވޭޕްގެ ވިޔަފާރި ހުއްޓުވުމެވެ. އެއީ ރާއްޖޭގައި ވަރަށްވަރުގަދައަށް ހިނގަމުން އައި ވިޔަފާރިއެއް ކަމަށާއި ދިވެހި ގިނަ ޒުވާނުން އާންމުކޮށް ބޭނުންކުރަމުން އައި އެއްޗެއް ކަމަށް ފާހަގަ ކުރެއްވިއެވެ. "އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަމަކީ ގްރޭޑް 2 ނުވަތަ 3ގެ ދަރިވަރުންނަށް ވޭޕްގެ ޒަރިއްޔާއިން މަސްތުވާތަކެތި ދޭން ފަށައިފިކަން. ހަމައެހެންމެ މަސްތުވާތަކެތި ވޭޕްގެ ޒަރިއްޔާއިން ބޭނުންކުރުން ރާއްޖޭގައި އާންމު ކަމަކަށްވިކަން ފާހަގަކުރެވުނު. އެހެންވީމަ މިފަދަ ކަންކަމަކީ ވަލިއްޔުލްއަމްރަކަށް ބައްލަވަން ކެތްކުރެވޭނެ ކަންކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަމުގައި ރައީސް ބައްލަވާނީ ސިޔާސީ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންގެ ދުޅަހެޔޮކަމަށް ކަމަށެވެ.  

ގުޅުންހުރި ޚަބަރު