ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ނަޝީދަށް އިންޒާރުދިނުން: އިސްމާއިލް ޔާފިސްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް
ޚަބަރު

ނަޝީދަށް އިންޒާރުދިނުން: އިސްމާއިލް ޔާފިސްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް

މމުޙައްމަދު ގުރައިޝް އަޙްމަދު28 ނޮވެމްބަރު 2025
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި، ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ޔާފިސްގެ މައްޗަށް މި ހުކުމް އިއްވީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމާ ގުޅުން ހުރި ތިން ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

ދައުލަތުން ޔާފިސްގެ މައްޗަށް ކުރި ދައުވާތަކަކީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. މި ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ކޯޓުގައި އޭނާގެ ސާބިތުވެފައެވެ.

ކޮންމެ ދައުވާއަކަށް ވަނީ ވަކި ހުކުމެއް އިއްވާފަ އެވެ. އެގޮތުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށަށް ދެ އަހަރާއި، ޓެރަރިޒަމްގެ އިންޒާރު ދިނުމުގެ ކުށަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ހުކުމްތަކުގެ ޖުމްލަ އަދަދު 10 އަހަރަށް އަރަ އެވެ.

ގުޅުންހުރި ޚަބަރު