ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް ޔާމީން ފާޑުވިދާޅުވެއްޖެ
ޚަބަރު

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް ޔާމީން ފާޑުވިދާޅުވެއްޖެ

މމުޙައްމަދު ގުރައިޝް އަޙްމަދު29 ނޮވެމްބަރު 2025
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި، އެއީ ހަގީގަތެއް ނެތް ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ހަރަދު ކުޑަކުރާ ވާހަކައަކީ ހަމައެކަނި ރައްޔިތުންގެ "ލޮލުގައި އަނދުން އަޅުވަން" ދައްކާ ވާހަކައެއް ކަމަށެވެ. މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް އަމަލީ ގޮތުން ނުކުރާނެ ކަމަށާއި، ސަރުކާރުގެ އަމަލުތައް ހުރީ އެ މިސްރާބަށް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މިއީ ރައްޔިތުން ގަބޫލުކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ދައްކާ ވާހަކަތަކަކީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށާއި، އޭގެ ފަހަތުގައި އިހުލާސްތެރިކަމެއް ނެތް ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު