ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އަބްދުﷲ ވަހީދަށް ސަތާޅީސް ވޯޓުލިބި ޗެއަރޕާސަނަކަށް ނުހޮވުނު
ޚަބަރު

އަބްދުﷲ ވަހީދަށް ސަތާޅީސް ވޯޓުލިބި ޗެއަރޕާސަނަކަށް ނުހޮވުނު

މމުހައްމަދު އަލީ29 ނޮވެމްބަރު 2025
އެމްޑީޕީއަށް ވަގުތީ ޗެއަރޕާސަނަކު ހޮވުމަށް މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބރު އަބްދުﷲ ވަހީދަށް 47 ވޯޓު ލިބި މަގާމަށް ނުހޮވުނެވެ. އޭނާއަށް އެއަދަދަށް ވޯޓު ލިބުނީ ޖަލްސާގައި ބައިވެރިވި 96 މެންބަރުންގެ ތެރެއިންނެވެ. އޭނާ މަގާމަށް ނުހޮވުނީ މަގާމަށް ހޮވޭވަރަށް ވަހީދަށް ވޯޓު ނުލިބޭ ކަމަށް ރިޔާސަތުގައި އިންނެވި އިބްރާހީމް ވަހީދު ނިންމެވުމުންނެވެ. މިޖަލްސާގައި ވަނީ އެމްޑީޕީ ވަގުތީ ޗެއަރޕާސަންގެ މަގާމައަށް ބޭފުޅަކު ހޮވުމަށް ތިން ބޭފުޅެއްގެ ނަން ހުޅަހަޅައި ތާއިދު ލިބިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި، އަބްދުﷲ ވަހީދާއި ހަނިމާދޫދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލްޣ ޣަފޫރު މޫސާއެވެ. އެހެނަސް އަސްލަމަކީ ގައުމީ މަޖިލީހުގެ މެންބަރަކަށް ނުވާތީ ރިޔާސަތުން ވަނީ އޭނާގެ ނަމަށް ވޯޓަށް އަހަން ދެކޮޅު ހަދައިފައެވެ. އެގޮތަށް ހެދީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މައުރޫފުގެ ލަފަޔާއެކުގައި ކަމަށް އެނގިފައިވެއެވެ. އެހެން ނަންތަކަށް ވޯޓަށް އެހުމުގެ ކުރިން ގިނަމެންބަރުންތަކެއް ޖަލްސާ ދޫކޮށް ދިޔައީއެވެ. އެހިސާބުން ރިޔާސަތުން ނިންމެވީ ޖަލްސާގެ ނިޒާމު ގެއްލުނީ ކަމަށެވެ. އެހިސާޖަލްސާ ވަނީ ހުއްޓާލައިފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމް ގެއްލުނީ ކުރިން އެމަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުންނެވެ.

ގުޅުންހުރި ޚަބަރު