ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް މީކާއިލް ވާދަކުރަނީ
ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް މީކާއިލް ވާދަކުރަނީ

މމުހައްމަދު އަލީ30 ނޮވެމްބަރު 2025
އެމްޑީޕީން ހުސްވެފައިވާ ޗެއަރޕަރސަންގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމަށް މީކާއިލް އަހުމަދު ނަސީމް ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ. ގަލޮޅު ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މިހާރު ފުރަމުން ގެންދަވާ ޒުވާން މީކާއީލް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީން ލީޑަރޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދައިދޭންޖެހޭ ކަމަށެވެ. އެހެން ކަމުން މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދިވަޑައިގަނަންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީކާއިލްގެ މިނިންމެވުމަށް މާލޭސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ ތާއިދު ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ މީކާއީލާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އޭނާއަކީ "ވަރަށް އުނދަގޫ ވަގުތުތަކުގައި ނުފޫޒަކަށް ނުގުޑާ މަސައްކަތުގައި ނަމޫނާ ދައްކަވާ ޒުވާން ހިތްވަރުގަދަ ބޭފުޅެއް،" ކަމަށް އާދަމް އާޒިމް ވަނީ ވިދޅުވެފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ގުޅުންހުރި ޚަބަރު