ދިވެހި|English 9 ޖުލައި 2026 · 04:21
Top banner
Advertisement
ހުޅުމާލެއިން އަންހެން ކުއްޖަކު ގެއްލިއްޖެ، އަދި ނުފެނޭ
ޚަބަރު

ހުޅުމާލެއިން އަންހެން ކުއްޖަކު ގެއްލިއްޖެ، އަދި ނުފެނޭ

މމުހައްމަދު އަލީ30 ނޮވެމްބަރު 2025
ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ ރ. ދުވާފަރު/ ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) ގެއްލިގެން ހޯދަން ފަށާފައިވަނީ އެކަން ފުލުހަށް ރިޕޯޓުކުރި ހިސާބުން ކަމަށެވެ. އެކުއްޖާ ގެއިން ނުކުމެގެންދިޔައީ މިމަހު 28 ވަނަ ދުވަހު ހަވީރު 5:55 އެހާކަންހާއިރު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ރިޕޯޓުކޮށްފައިވަނީ ހަމަ އެދުވަހު ކަމަށްވެސް ވިދާޅުވެފައިވެއެވެ. "މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައިނުވެއެވެ". ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް  އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.  

ގުޅުންހުރި ޚަބަރު