ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ޚަބަރު

މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ30 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް އެކަކުން ކަމަށެވެ. ހައްޔަރުކޮށްފައިވަނީ "މާލެ/ ހުޅުމާލެ ފްލެޓް، 03-2-161، މުޙައްމަދު ޝައިޙާން (23އ)" ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން އޭނާ ދުއްވަން އިން ސައިކަލުގެ ސްޕީޑް ބާރުކޮށް ފުލުހުންނަށް ފިލަން މަސައްކަތްކުރާކަން ފާހަގަކުރެވިގެންނާއި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ތުހުމަތު ކުރެވުމުން ފުލުހުން ވަނީ، އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައެވެ. ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.  

ގުޅުންހުރި ޚަބަރު