ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ސެލްފް ޑިފެންސް ދަސްކޮށް މަމްސް އެންޖީއޯ ގަދަކޮށްފި
ޚަބަރު

ސެލްފް ޑިފެންސް ދަސްކޮށް މަމްސް އެންޖީއޯ ގަދަކޮށްފި

މމުހައްމަދު އަލީ30 ނޮވެމްބަރު 2025
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން މަމްސް އެންޖީއޯގެ ބައިވެރިންނަށް، ސެލްފް ޑިފެންސް ސެޝަނެއް ނަގައިދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ސެޝަން ކުރިއަށް ގެންދިޔައީ އޭޑީކޭ ވެލްނެސް ކުލަބުގައި މި މަހުގެ 28ވަނަ ދުވަހުގެ ރޭގައި ކަމަށެވެ. މި ސެޝަނުގައި، ސެލްފް ޑިފެންސްގެ އެކިއެކި އުކުޅުތައް ބޭނުންކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީ ފަރިތަކޮށްދީފައި ކަމަށް ސިފައިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ކިޔަވައިދިން މި ކުލާސްތަކުގައި، މަމްސް އެންޖީއޯގެ 25 މީހަކު ވަނީ ބައިވެރިވެފައި ކަމަށް ވެސް ސިފައިން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު