ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމްޑީޕީގެ މަސްލަހަތު އިސްކޮށް އަބްދުﷲ ވަހީދުގެ ނަން ނަގައިފި
ޚަބަރު

އެމްޑީޕީގެ މަސްލަހަތު އިސްކޮށް އަބްދުﷲ ވަހީދުގެ ނަން ނަގައިފި

މމުހައްމަދު އަލީ30 ނޮވެމްބަރު 2025
އެމްޑީޕީއަށް ވަގުތީ ޗެއަރޕާސަނެއް އިންތިޚާބު ކުރުމަށް މިމަހު 28 ވަނަ ދުވަހުގެރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި "އެމަގާމަށް ހޮވިފައިވާ" އަބްދުﷲ ވަހީދު އޭނާގެ ނަން އަނބުރާ ގެންގޮސްފިއެވެ. ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވާފައިވާ ސިޓީއެއްގައި އޭނާ ވިދާޅުވެފައިވަނީ "އަޅުގަނޑު އެމަގާމަށް ނުކުތުމަށް ހިތްވަރު ދެއްވި ޕާޓީގެ ރައީސާއި ޕާޓީގެ އެޑުވައިޒަރު އަދި ޕާލިމެންޓަރީގްރޫޕުގެ މެމްބަރުން އެވޯޓާ ހަމައަށްދިޔައިރު އަމަލުކުރެއްވި ގޮތުންނާއި އަދި އެވޯޓަށް ފަހު އެފަރާތްތަކުން އަމަލު ކުރައްވަމުން ގެންދަވާފައިވާ ގޮތުން އަޅުގަނޑު އެމަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާނޭ ކަމީ މިއަދު އަޅުގަނޑު އަޅުގަނޑު ޝައްކުކުރާ ކަމެއްނޫނެވެ." މިކަންކަމަށް ބަލައި ގަސްތުކުރަނީ "އަޅުގަނޑު އެއިންތިޚާބު ކާމިޔާބު ކޮށްފައިވީނަމަސް" އެއިންތިޚާބުގައި "އަޅުގަނޑު ވާދަކުރިކުރުން" އަނބުރާ ގެނައުމަށެވެ. އަދި އަލަށް އިންތިކާބު ކުރެވޭ ޗެއަރޕާސަންއާ އެކު މަސައްކަތްކޮށް ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އެނާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު