ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޕީއެންސީގެ ޕްރައިމަރީ ޑިސެންބަރުގައި ބާއްވަނީ
ޚަބަރު

ޕީއެންސީގެ ޕްރައިމަރީ ޑިސެންބަރުގައި ބާއްވަނީ

މމުހައްމަދު އަލީ30 ނޮވެމްބަރު 2025
މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބާއި އެންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ ޑިސެންބަރު 27 ގައި ބާއްވަން ނިންމައިފިއެވެ. ޕީއެންސީން މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ކެންޕޭން މެނޭޖަރ އިބްރާހީމް ފަލާހު ވިދާޅުވީ މިއިންތިޚާބުގެ ޕްރައިމަރީއަށް މަދަމާ ހުޅުވައިލާނޭ ކަމަށެވެ. އެޕާޓީން ލޯކަލް ކައުންސިލް އިންތިޚާބަށް ކަނޑައެޅި ކެންޕޭން މެނޭޖަރ އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެޕާޓީގެ ވެބްސައިޓު މެދުވެރިކޮށް ފޯމް ހުށަހެޅޭނޭ ކަމަށެވެ. އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކެންޑިޑެސީ ފޯމް ހުށަހަޅަން ޖެހޭ މުއްދަތެއް ކަމަށް ވިދާޅުވެފައިވަނީ އަންނަ ޑިސެންބަރު އެކަކާއި ފަނަރައާ ދެމެދެވެ. ފަނަރަވަނަ ދުވަހުގެ ހަވީރު ހައެއްގެ ކުރިން ފޯމް ހުށަހަޅަންޖެހޭނޭ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. މި މުއްދަތުގައި ޕީއެންސީއާ އަލަށް ގުޅޭ ފަރާތްތަކަށް ވެސް ޕްރައިމަރީގައި ވާދަކުރެވޭނޭ ކަމަށް ފަލާހު ވިދާޅުވިއެވެ. މި މުއްދަތުގައި ޕާޓީއަށް ވަންނަ މީހުން އެކަންކުރަންވާނީ ސީދާ އީސީ މެދުވެރިކޮށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ފަލާހު ވިދާޅުވީ މި ޕްރައިމަރީ ވެގެންދާނީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ މިފަދަ އެންމެބޮޑު ޕްރައިމަރީއަށް ކަމަށެވެ. މި ޕްރައިމަރީގައި ސާދަ ސަތޭކަށްވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާނޭ ކަމަށް ޕީއެންސީން ބުނެފައިވެއެވެ. ލޯކަލްކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާރިޗުމަހުގެ 28 ވަނަ ދުވަހު ކަމަށް އީސީން ވަނީ އިއުލާން ކުރައްވައިފައެވެ.  

ގުޅުންހުރި ޚަބަރު