ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އަހުމަދު ޝަފީގު ވާދަކުރަނީ
ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އަހުމަދު ޝަފީގު ވާދަކުރަނީ

މމުހައްމަދު އަލީ1 ޑިސެމްބަރު 2025
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަން ނިންމާފައިވާ ކަމަށް އެޕާޓީގެ ފައުންޑެރެއް ކަމަށްވާ އަހުމްދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހޯމްމިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވާފައިވާ ސައްޕެ ވިދާޅުވެފައިވަނީ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް އެމީހުންގެ ތާއިދު ލިބުމުން ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ. "އަލްހަމްދު ﷲ!  މިވަގުތަށް މަޝްވަރާކުރަން މުހިއްމު ގިނަފަރާތްތަކެއްގެ މަޝްވަރާއާއި ތާއީދު ލިބުމާއެކު މާތް ﷲގެ ވާގިފުޅާއެކު ފުރިހަމަ ކާމިޔާބަށް އެދެމުން އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތި ލުމަށް އަޅުގަނޑު ނިންމައިފިން !  ވަލްޙަމްދުﷲ ! ތިޔަ އެންމެ ބޭފުޅުން އަޅުގަނޑަށް ތާއީދުކޮށްދެއްވުންއެދެން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ސައްޕެގެ އިތުރުން ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތި ލައްވޭނެކަން އިއުލާން ކުރައްވައިފައެވެ. އެޕާޓީގެ ޗެއަރޕާސަންގެ މަގާމް ހުސްވީ ފައްޔާޒު އިސްމާއީލް އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ގުޅުންހުރި ޚަބަރު