ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އޭދަފުށީ މުޙައްމަދު ޢަލީ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ޚަބަރު

އޭދަފުށީ މުޙައްމަދު ޢަލީ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މމުހައްމަދު އަލީ1 ޑިސެމްބަރު 2025
ބ.އޭދަފުށީ ޑޭޒީވިލާ، މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމައިގައި ރައިސް ޑރ. މުހައްމަދު މުއިއްޒު އެއާލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މުޙައްމަދު ޢަލީ އަކީ އޭދަފުށީގެ ތަރައްޤީއަށާއި، ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކޮށް ދެއްވި ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން އިޖްތިމާއީ ކަންކަމަށާއި، ޚާއްސަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުޅި ރާއްޖެއަށް ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. "ބ.އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤަދަރުވެރި ބޭފުޅެއް ކަމުގައިވާ، އެ ރަށު ޑޭޒީވިލާ، މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން،" ރައީސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ މުޙައްމަދު ޢަލީއަކީ "ބ. އޭދަފުށީގެ ތަރައްގީއަށް، އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށް، އިޖްތިމާޢީ ކަންކަމަށް، ވަކީން ޚާއްޞަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތްތަކެއް މަރްޙޫމް މުޙައްމަދު ޢަލީ ވަނީ ކޮށްދެއްވާފައި. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރްޙޫމް މުޙައްމަދު ޢަލީ ލަހައްޓަވާށި،" ރައީސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު