ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ލަންކާއަށް އެހީވާ ފަންޑަށް ފަސް މިލިއަން ރުފިޔާ ލިބިއްޖެ
ޚަބަރު

ލަންކާއަށް އެހީވާ ފަންޑަށް ފަސް މިލިއަން ރުފިޔާ ލިބިއްޖެ

މމުހައްމަދު އަލީ1 ޑިސެމްބަރު 2025
މޫސުން ގޯސްވެ ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާއިން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ޕީއެސްއެމްއާއި ރާއްޖޭގެ ބައެއް މީޑިއަމްތައް ގުޅިގެން އިއްޔެ ފަށައިފައިވާ ޓެލެތޯނަށް މިހާތަނަށް 5.4 މިލިޔަނަށްވުރެ ގިނަ ފައިސާ ލިބިއްޖެއެވެ. ޕީއެސްއެމްއިން ބުނެފައިވަނީ ރޭ ފަތިހު ހަތަރެއްޖެހުމާ ހަމައަށް 5,406,937.25 ރުފިޔާ ލިބިފައިވާ ކަމަށެވެ. މި ކަމަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށްވަނޯ ޚާއްސަ އެކައުންޓެއް ގާއިމްކޮށްފައެވެ. މީގެ އިތުރަށް ޓިވީ ބިލްޑިންގާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް ފައިސާލައިގެން އެހީތެރިވެވޭނެއެވެ. އާދީއްތަ ދުވަހު ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން ނިންމަން ކުރިން ހަމަޖެހިފައި އޮތީ ރޭ މެންދަމު އެކެއްގައެވެ. އެހެންނަމަވެސް ލަންކާއަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމަށް މިއަދު މެންދުރު ފަހު 2:00 އާ ހަމައަށް މިވަނީ ފުރުސަތު އިތުރު ކޮށްފައެވެ.

ގުޅުންހުރި ޚަބަރު