ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމްޑީޕީގައި ޖޯޝު އުފެއްދުމަށް މިދަނީ މަސައްކަތް ކުރަމުން: ސައްޕެ
ޚަބަރު

އެމްޑީޕީގައި ޖޯޝު އުފެއްދުމަށް މިދަނީ މަސައްކަތް ކުރަމުން: ސައްޕެ

މމުހައްމަދު އަލީ1 ޑިސެމްބަރު 2025
އެމްޑީޕީ ބައިބައިވުމުން މެންބަރުންގެ މެދުގައި އުފެދިފައިވާ މާޔޫސްކަން ފިލުވާލައި  ޕާޓީ އެއްބައެއްގެގޮތުގައި ކުރިއަށް ދިއުމުގެ ފޯރިއާއި ޖޯޝް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަޙުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ސައްޕެ އަކީ އެމްޑީޕީގެ ފައުންޑިން މެންބަރެކެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ. މިހާރު އޭނާ ވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލާން ނިންމާފައެވެ. ޕާޓީއަށް ރޫހު ގެނެސްދީ އެކުވެރިކަން ބަދަހި ކުރުމަށް "އަޅުގަނޑުމެންގެ ޓީމުން މިގެންދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުން. މިގޮތުން މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި އުޅުއްވާ ޕާޓީގެ ބައެއް މެންބަރުންނާއި، ބައެއްރަށްރަށަށް ދަތުރުކޮށް އެރަށްރަށުގެ ބައެއް މެންބަރުންނާ ބައްދަލުކޮށް  ކަންބޮޑުވުންތަކާމެދު މަޝްވަރާކުރެވިއްޖެ. ނަތީޖާ އުފާވެރި." އޭނާ ވިދާޅުވެފައިވެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ސައްޕެ ވިދާޅުވެފައިވަނީ އެތައް މަސައްކަތަކުން މިހާރުވަނީ އެމްޑީޕީއާއި ޑިމޮކްރޭޓްސް އެއްކުރެވިފައި ކަމަށެވެ. ޕާޓީދެބައިވެ އުފެދުނު ހީނަރުކަމުގެ ތެރޭގައި ކުރިމަތިވެގެންދިޔަ މެންބަރުންގެ މާޔޫސްކަން ފިލުވަން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު