ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކޮށްފި
ޚަބަރު

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކޮށްފި

މމުޙައްމަދު ގުރައިޝް އަޙްމަދު2 ޑިސެމްބަރު 2025
މޯލްޑިވްސް ހަލާލް ޓްރެވަލްގެ ނަމުގައި ވިޔަފާރިކުރާ ޑރ. ސަނީ އުމަރު، އާއިލާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވިފައިވަނިކޮށް، މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުގައި ހުރުމަށްފަހު މިއަދު އެނބުރި އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އިންޑިއާއިން ރާއްޖެ އައުމުންނެވެ. ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކޮށް ސުވާލުކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. މި މައްސަލަ ފެންމަތިވުމާ އެކު އޭނާ ރާއްޖެ ދޫކޮށް ފިލައިގެން ދިޔަކަމަށް މީގެ ކުރިން އަޑުފެތުރިފައިވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ޖިންސީ ގޯނާކޮށްފައި ވަނީ އަނބިމީހާގެ އާއިލާގެ ކުޑަކުދިންތަކަކަށެވެ. މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން "ދަ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑް" އިން ވަނީ އޭނާގެ ހިއްސާ އަތުލައި، އެ ކުންފުނިން އޭނާ ވަކިކުރަން އިއްޔެ ނިންމާފައެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުން އަންނަ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށްވާއިރު، ޖިންސީ ކުށުގެ އަމަލުތަކާ ގުޅޭ 230 އަށްވުރެ ގިނަ މައްސަލަ މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ގުޅުންހުރި ޚަބަރު