ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޓެލެތޯނަށް އެގާރަ މިލިއަން ރުފިޔާ
ޚަބަރު

ޓެލެތޯނަށް އެގާރަ މިލިއަން ރުފިޔާ

މމުހައްމަދު އަލީ2 ޑިސެމްބަރު 2025
އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާ ސަބަބުން އެގައުމުގެ ރައްޔިތުންނަށް އެހީވާން ބޭއްވި "ސިލޯނާއެކު ދިވެހިން" ޓެލެތޯން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. އިއްޔެ ހެނދުނު ނުވައަކުން މިއަދު މެންދުރުފަހު ދެއަކަށް ކުރިއަށް ގެންދިޔަ މިހަރާކާތުގައި ވަނީ ޖުމްލަ 11.4 މިލިއަން ރުފިޔާއި 43،000 ޑޮލަރު ލިބިފައި ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ. މި ޓެލެތޯނަށް ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ބައެއް މީޑިއަމް ތަކުންނާއި ހެޔޮއެދޭ ފަރާތްތަކުންނާއި ސަރުކާރުގެ ބޮޑެތި މުއައްސަސާތަކުން ވަނީ ފައިސާގެ އެހީ ދީފައެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އެހީގެ ފޮށިތައް ވެސް ބެހެއްޓިއެވެ. ޓެލެތޯނަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންދަނީ ކުރަމުން ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފައެވެ. ފައިސާގެ މުޅި ޖުމްލަ އެނގޭނީ ފައިސާ ގުނައި ނިމުމުންނެވެ.

ގުޅުންހުރި ޚަބަރު