ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ހަތަރު އުޅަނދެއް ޓޯވކޮށްފި
ޚަބަރު

ހަތަރު އުޅަނދެއް ޓޯވކޮށްފި

މމުހައްމަދު އަލީ2 ޑިސެމްބަރު 2025
ވޭތުވެދިޔަ 48 ގަޑިއިރު މާލެއިން ހަތަރު އުޅަނދެއް ޓޯވްކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މާލެތެރެ ބެލެހެއްޓުމަށް ކުރަމުންދާ ޕެޓްރޯލްގެ ތެރެއިން ވަނީ އެވަގުތު ފަސް އުޅަނދެއް ޗެކުކޮށްފައެވެ. ފާއިތުވި 48 ގަޑިއިރު ތެރޭގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ޖުމްލަ 9 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ވަނީ ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 421 ފަހަރު ބަލައިފާސްކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި 81 އިންޓަރެކްޝަން ހަދާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މާލެއަކީ އަމާންތަނެއް ކަމަށް ހެދުމަށް ފުލުހުން ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަސައްކަތުގެ އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ފުލުހުންނަށް ބޭނުންވެއެވެ.

ގުޅުންހުރި ޚަބަރު